About Nilandhoo

ނިލަންދޫ
ތަޢާރަފް
މިރަށަކީ މިހާރު ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅުވެރިކަން ކުރާ ރަށެވެ.  މިއީ އަތޮޅުގެ އެންމެދެކުނަށް އޮންނަ އަތޮޅުގެ އާބާދީގެ ގޮތުންނާއި ބިމުގެ ގޮތުން އެންމެބޮޑު ރަށެވެ.  މިރަށަކީ ތާރީޚީގޮތުން ރާއްޖޭގައި ފާހަގަކޮށްލެވޭ ރަށެކެވެ.  މިރަށުގައި އޮންނަ " ފޯއްމަތި "  ނަމަކަށް ކިޔާ އާޘާރީ ސަރަޙައްދަކީ މީލާދީ ސަނަތުގެ 06 ވަނަ ޤަރުނުގެ ތަނެއްކަން ސައިންޓިފިކް ހޯދުންތަކުން އެނގިފައިވެއެވެ. އެތަނުން ފެނިފައިވާ ބައެއް ތަކެއްޗަކީ އެދުވަސްވަރު އިންޑިޔާއާއި ސިލޯނުގެ މިފަދަ ތަންތަނުން ފެނިފައިވާ ތަކެއްޗާއި އެއްފެންވަރުގެ ދާދި އެއްވައްތަރެއްގެ ތަކެއްޗެވެ.
މީލާދީގެ 06 ވަނަ ޤަރުނަކީ ދުނިޔެއަށް އިސްލާމްދީން އައުމުގެ ކުރީގެ ތާރީޚެކެވެ. މީލާދީ ސަނަތުން 1153 ވަނަ އަހަރު ދިވެހި ރާއްޖެ އިސްލާމް ވުމަށް ފަހުގައި އެންމެ ފުރަތަމަ މިސްކިތްތައް ބިނާކުރި ރަށްރަށުގެ ތެރޭގައިވެސް ނިލަންދޫ ހިމެނެއެވެ. ނިލަންދޫގައިހުރި އާޘާރީ މިސްކިތަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ރަސްކަލުން ކަމުގައިވާ ދަރުމަވަންތަ މަހާރަދުން ބިނާކުރެއްވި މިސްކިތެއްކަމުގައި ބުނެވެއެވެ.

ނިލަންދޫގައިހުރި އާޘާރީ މިސްކިތަކީ 800 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ތާރީޚީ މިސްކިތެކެވެ. މި މިސްކިތް ޢިމާރާތް ކޮށްފައިވަނީ ހިރިގަލުންނެވެ. މި މިސްކިތް އެތައް ފަހަރެއްގެ މަތިން މަރާމާތުކޮށް ތަފާތު ބަދަލުތައް ގެނެސްފައިވެއެވެ. ރާއްޖޭގެ ތާރީޚީ މިސްކިތެއްކަމުގައިވާ މާލޭ ހުކުރުމިސްކިތެކޭ އެއްގޮތަށް ނިލަންދޫގައި ހުންނަ މި މިސްކިތުގެ ގޯތިތެރޭގައިވެސް އެ ދުވަސްވަރު މަރުވެފައިވާމީހުން ވަޅުލާފައި ވެއެވެ. 7 މުގުރިންގެ މަހާނައާއި އަދި މިނޫންވެސް ފާހަގަކޮށްލެވޭ އިތުރު މަހާނައެއް މިސްކިތު ގޯތި ތެރޭގައި ވާކަމީވެސް މި މިސްކިތް ތާރީޚީ ގޮތުން ފާހަގަކުރެވޭ ކަމެކެވެ.  ނިލަންދޫގެ އާޘާރީ ސަރަހައްދާއިބެހޭ އެކިއެކި ދިރާސާތަކާއި ތަފާތު ހޯދުންތައް  ދިވެހިބަހާއި ތާރތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން މިހާރުވެސް ކުރައްވަމުން ގެންދަވައެވެ.  ނިލަންދޫގެ އާޘާރީ ސަރަޙައްދުން ފެނިފައިވާ މުހިންމު ބައެއްތަކެތި ދިވެހިރާއްޖޭގެ ދާރުލްއާޘާރުގައިވެސް ބެހެއްޓިފައި ވެއެވެ .

ނިލަންދޫ ރައްޔިތުން ދިރިއުޅުމަށްކުރާ މައިގަނޑު މަސައްކަތަކީ މަސްވެރިކަމާ، ދަނޑުވެރިކަމާއި، ކޮންސްޓްރަކްޝަން މަސައްކަތާއި، ވަޒީފާ އަދާކުރުމެވެ. ނިލަންދުއަކީ ކުރިންވެސް ދަނޑުވެރިކަމުގެ މަސައްކަތް ކުރަމުންދާ ރަށެކެވެ. ދަނޑުވެރިކަމުގެ މަސައްކަތުން އެކަށީގެންވާ ނަތީޖާއެއް ޙާޞިލް ނުކުރެވޭތީ ނިލަންދޫ ރ.ކ ކޮމެޓީން އިސްނަގައިގެން ތޮއްޑޫ ދަނޑުވެރިޔަކު ގެނެސް ގިނަ ބަޔަކަށް ދަނޑުވެރިކަމުގެ މަޢުލޫމާތު ދިނުމުގެ ނަތީޖާއެއްގެ ގޮތުން މިއަދު ނިލަންދުއަކީ ރާއްޖޭގެ ނިސްބަތުގައި ދަނޑުވެރި ކަމުގެ މަސައްކަތަށް ޚާއްޞަކޮށް ކަރަލާއި، ކިއު ކަންބާ ފަދަ ތަކެތި ހެއްދުމަށް ފާހަގަ ކުރެވޭ ރަށެކެވެ. މިހާރު ދަނޑުވެރި ކަމުން ރަނގަޅު އާމްދަނީއެއް ލިބެމުން ދެއެވެ.
 
ނިލަންދޫގައި 2000 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި 250 × 800  ފޫޓުގެ ބަނދަރެއް ސަރުކާރުން ހައްދަވާ ދެއްވާފައި ވެއެވެ. މީގެ އިތުރުން މިރަށުގެ އިރު އުތުރު ފަރާތުގައި މަސްވެރިންގެ ލުއި ފަސޭހައަކަށް ނިލަންދޫ ރައްޔިތުންގެ އަމިއްލަ ޚަރަދުގައި  150 × 400 ފޫޓުގެ ބަނދަރަކާއި،  ނިލަންދޫގައި މުދާ އަރުވާ ބޭލުމަށް ވަކި ސަރަހައްދެއް ކަނޑައަޅާ އެތަނުގައި މުދާ އަރުވާ ބޭލުމަށް 400 ފޫޓުގެ ޖެޓީއެއް މިރަށުގެ ރައްޔިތުންގެ އަމިއްލަ ޚަރަދުގައި ހަދާފައި ވެއެވެ. 

މިރަށުގެ ރައްޔިތުންގެ ނަމުގައި ވިޔަފާރީގެ އުސޫލުން ހިންގާ ތެއު ސެންޓަރެއް ޖެޓީ ސަރަހައްދުގައި ހުރެއެވެ. މި ސެންޓަރުން ނިލަންދޫގެ ރައްޔިތުންނަށާއި ދަތުރުވެރިންނަށް ބޭނުންވާ ހުރިހާ ބާވަތެއްގެ ތެލެއް ލިބެން ހުރެއެވެ. އޭގެ ތެރޭގައި ޑީސަލް، ޕެޓްރޯލް، ކަރާސީނު، ރޮޓެއްލާ، ކާސްޓްރޯލް ހިމެނެއެވެ. ރައްޔިތުންގެ ތެއު ސެންޓަރަކީ ފުޅާ ދާއިރާއެއްގައި ހިންގަމުން ގެންދާ ތަނަކަށްވާތީ، ތެލުގެ ޚިދުމަތް ދިނުމަށްޓަކައި ތެއު ސެންޓަރުގެ ގޯތީގައި ރައްޔިތުންގެ އަމިއްލަ ޚަރަދުގައި ހަދާފައިވާ ޢިމާރާތެއް ހުރެއެވެ.

ނިލަންދޫގެ އޮޑިދޯނި ފަހަރަށާއި، އެކިއެކި ބޭނުންތަކުގައި ނިލަންދުއަށް އަންނަ ބޭރު ރަށްރަށުގެ އުޅަނދުފަހަރަށް ލުއި ފަސޭހަ ގޮތެއްގައި ފެނުގެ ޚިދުމަތް ދިނުމުގެ ގޮތުން 01 ނޮވެމްބަރ 2002 ން ފެށިގެން މިރަށުގެ ޖެޓީ ސަރަހައްދުގައި ފެނުގެ ޚިދުމަތް ދޭން ފެށިފައި ވެއެވެ. ވާރޭ ފެނާއި، ފެންވެރުމަށް ބޭނުންވާ ވަޅުފެން ދޫކުރަމުން ގެންދަނީ އެއްވެސް އަގެއް ނެތި ހިލޭ ސާބަހަށެވެ. 

ނިލަންދުއަކީ ރަށްގިރުމުގެ މައްސަލަ ވަރަށްބޮޑަށް ކުރިމަތިވެފައިވާ ރަށެކެވެ. ރަށުގެ އިރު އުތުރުފަރާތުން ވަރަށްބޮޑަށް ގިރައި އެސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް ދިރިއުޅުމަށް ދަތިވާތީ އެ ސަރަހައްދު ޙިމާޔަތް ކުރުމުގެ ގޮތުން ރައްޔިތުންގެ 06 ދުވަހުގެ މަސައްކަތުން 1998 ވަނައަހަރު، ދިގުމިނުގައި 1200 ފޫޓު ފުޅާމިނުގައި 25 ފޫޓުގެ ތޮއްޓެއް ލެވިފައި ވެއެވެ. އެތަން ހިއްކުމުގެ ގޮތުން އެތަނުގައި ކުނިކޮށި ހަދައިގެން ކުނިއަޅަމުން ގެންދިއުމުގެ ސަބަބުން މިހާރު އެތަން ވަނީ ވަރަށްބޮޑަށް ހިކިފައެވެ. 

އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް ރެޑްކްރޮސެންޓް ސޮސައިޓީގެ ހިލޭ އެހީގެ ދަށުން ލޮނުފެން މީރުފެނަށް ހަދައިދޭ ނިޒާމެއް ނިލަންދޫގައި ޤާއިމުކޮށް އެ ޚިދުމަތް މިހާރު ލިބެމުން ދެއެވެ. 

ނިލަންދޫ އޮފީސް
މިއަތޮޅު އަތޮޅު އޮފީސް 18 ޖެނުއަރީ 1999 ގައި ނިލަންދުއަށް ބަދަލުކުރެއްވުމާއި ގުޅިގެން ނިލަންދޫ އޮފީސް ހިނގަމުން ދިޔަ ޢިމާރާތަށް އަތޮޅު އޮފީސް ބަދަލުކުރުމުން އެ ތާރީޚުން ފެށިގެން 30 ނޮވެމްބަރ 2000 އަށް ނިލަންދޫ އޮފީސް ހިންގާފައިވަނީ ނިލަންދޫ ބީޗްހައުސް ގައެވެ. ނިލަންދޫގައި އަލަށް ޢިމާރާތްކުރި ނިލަންދޫ ކޯޓުގެ މަސައްކަތްނިމި އެ ޢިމާރާތަށް ކޯޓުގެ މަސައްކަތް ބަދަލުކުރުމާ ހަމައަށް ނިލަންދޫ ކޯޓުވެސް ހިންގާފައިވަނީ ބީޗްހައުސް  ގައެވެ. 01 ޑިސެމްބަރ 2000 ން ފެށިގެން ނިލަންދޫ އޮފީސް ހިންގަމުންދަނީ ނިލަންދޫ އަންހެނުންގެ މަރުކަޒުގައެވެ ނިލަންދޫ އަންހެނުންގެ މަރުކަޒަކީ ނިލަންދޫ ރައްޔިތުން ޞިއްޙީ ޚިދުމަތް ދިނުމަށްޓަކައި ސަރުކާރުގެ އެހީއާއި އެކު ނިލަންދޫ ރައްޔިތުންގެ އަމިއްލަ މަސައްކަތުން ހަދާފައިވާ ޢިމާރާތެކެވެ.

ތަޢުލީމު 
މިރަށުގައި 1986 ގެ ކުރިން ތަޢުލީމު ދެމުން ގޮސްފައިވަނީ ވަރަށް އާދައިގެ ގޮތަކަށެވެ. ކުރިން މިރަށުގައި ތަޢުލީމުދެމުން ދިޔައީ ނިލަންދޫސްކޫލް ގެ ނަމުގައި މިހާރު އަތޮޅުސްޓޯރު ހިންގާ ޢިމާރާތުގައެވެ. އެއްދުވަސް ވަރެއްގައި މަކުތަބުލް މުނީރުގެ ނަމުގައިވެސް އެ ޢިމާރާތުގައި ކިޔަވައި ދެމުން ގޮސްފައި ވެއެވެ.
މިއަތޮޅު އަތޮޅު ތަޢުލީމީމަރުކަޒު ހުންނަނީ މިރަށުގައެވެ. ތަޢުލީމީ މަރުކަޒު ޢިމާރާތްކޮށް އެތަނުގައި ރަސްމީ ގޮތުން ކިޔަވައިދޭން ފެށިފައިވަނީ 20 ފެބްރުއަރީ 1986 ން ފެށިގެންނެވެ. އޭރު އެ މަރުކަޒުގައިތިބީ މުޅިއެކު 03 މުދައްރިސުންނެވެ. ކިޔަވައިދެނީ ގްރޭޑް 5 ގެ ފެންވަރަށެވެ. މި މަރުކަޒުގައި ގްރޭޑް 7 ގެ ފެންވަރަށް ކިޔަވައިދޭން ފަށާފައިވަނީ 1992 ވަނަ އަހަރުގައެވެ. ތަޢުލީމީ ޙާލަތު އެއްދުވަހުން އަނެއްދުވަހަށް ރަނގަޅުވަމުން ދިއުމާއިއެކު 1996 ވަނަ އަހަރު މިމަރުކަޒުގައި ގްރޭޑް 8 އުފައްދައި ކޮމާރސް ސްޓްރީމަށް ކިޔަވައިދޭން ފެށުނެވެ. 1998 ވަނަ އަހަރު ގްރޭޑް 10 ށް ކިޔަވައިދޭން ފެށި މިމަރުކަޒުގައި އެންމެ ފުރަތަމަ ޖީ.ސީ.އީ އޯލެވެލް ހަދާފައިވަނީ 1999 ވަނަ އަހަރު 07 ކުދިންނެވެ.  2000 ވަނައަހަރުން ފެށިގެން ސައިންސް ސްޓްރީމަށް ކިޔަވައިދޭން ފެށި މިމަރުކަޒުގައި މިހާރު 02 ސްޓްރީމަށް ކިޔަވައިދެމުން ދެއެވެ. މިމަރުކަޒުގައި ކިޔަވަމުން ގެންދާ ދަރިވަރުންނަށް ކޮމްޕިއުޓަރުގެ ތަޢުލީމު ހޯދައިދިނުމުގެ ގޮތުން ނިލަންދޫ ރައްޔިތުންގެ އަމިއްލަ ޚަރަދުގައި 11 ކޮމްޕިއުޓަރ ސިސްޓަމް ހޯދައި ތަޢުލީމީ މަރުކަޒަށް ހަދިޔާ ކޮށްފައި ވެއެވެ. ނިލަންދޫގައި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ފަރާތުން ޕްރީސްކޫލެއް ހިންގަމުން ގެންދެއެވެ. ނިލަންދޫގެ ރކ. ކޮމިޓީންވެސް މި ޕްރީސްކޫލް ހިންގުމަށް ބޮޑެތި ޚަރަދުތައް ކުރަމުން ދެއެވެ. ޕްރީސްކޫލް މިހާރު ހިންގަނީ ރައްޔަތުންގެ ޢިމާރާތެއްގައެވެ. ނިލަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި ނިލަންދޫ ރ.ކ ކޮމިޓީން ޚަރަދުކޮށްގެން ނިލަންދޫގައި އަލަށް ޢިމާރާތްކުރިޕްރީސްކޫލުގެ މަސައްކަތްނިމި 2008 ވަނަ އަހަރު އެ ސްކޫލުގައި ކިޔަވައިދިނުމުގެ މަސައްކަތްފެށޭނެއެވެ

ޞިއްޙަތު
ނިލަންދޫގައި އެންމެ ފުރަތަމަ ޞިއްޙީ ޚިދުމަތް ދެމުން ގޮސްފައިވަނީ ދިވެހިބޭސްކުރާ އަމިއްލަ ފަރާތް ތަކުންނެވެ. ޢާއިލާގެ އެހީތެރިއެއްގެ ބެލުމުގެ ދަށުން ޞިއްޙީ ޚިދުމަތް ލިބެންފެށީ  1980 ވަނައަހަރުއެވެ. ރައްޔިތުންނަށް ބޭނުންވާ ޞިއްޙީ ޚިދުމަތް އެކަށީގެންވާ ގޮތަކަށް ރަށުން ލިބެން ނެތުމުން ޞިއްޙީ ޚިދުމަތް ހޯދުމަށް ރަށުން ބޭރަށް ދާންޖެހުމުން އެކަށީގެންވާ ގޮތަކަށް ޞިއްޙީ ޚިދުމަތް ރަށުން ލިބޭނޭގޮތް ހެދުމުގެ ގޮތުން ރައްޔިތުންގެ އަމިއްލަ ޚަރަދުގައި 1992 ވަނަ އަހަރު ޞިއްޙީ މަރުކަޒެއް ބިނާ ކުރުމުގެ މަސައްކަތް ފެށުނެވެ.
ޞިއްޙީ މަރުކަޒު ޢިމާރާތްކުރުމުގެ މަސައްކަތްނިމި 30 އޭޕްރީލް 1996 ގައި ޚިދުމަތްދޭންފެށި މިމަރުކަޒު ހުޅުއްވައިދެއްވީ އެ ތާރީޚުގައި ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމުހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމެވެ. މިމަރުކަޒު ހުޅުވުމާއިއެކު ލަސްތަކެއްނުވެ ޑޮކްޓަރެއްގެ ޚިދުމަތް ލިބެން ފެށިއެވެ. އެހެން ކަމުން ކުރިން ޞިއްޙީޚިދުމަތް ލިބެމުން އައިވަރަށްވުރެ ރަނގަޅަށް ޚިދުމަތް ލިބެމުން ދިޔައެވެ. ޞިއްޙީމަރުކަޒު ބިނާކޮށްފައިވަނީ ކުރިން ރައްޔިތުންގެ ކާޑުގެ ހުރިތަނުގައެވެ. މިދެންނެވި ތަނުގައި ރައްޔިތުން ޢިމާރާތްކުރި ޞިއްޙީމަރުކަޒަކީ މިހާރު ނިލަންދޫ އޮފީސް ހިންގާ ނިލަންދޫ އަންހެނުންގެ މަރުކަޒު ޢިމާރާތެވެ.
ނިލަންދޫ ރައްޔިތުން ޢިމާރާތްކުރި ޞިއްޙީމަރުކަޒު 1998 ވަނަ އަހަރު ސަރުކާރުން ހިންގަވާ މަރުކަޒެއްގެ ގޮތުގައި ހަމަޖައްސަވައި ބޭނުންވާ މުވައްޒަފުން ހަމަޖައްސަވައި ދެއްވިއެވެ.  ނިލަންދޫގައި ސަރުކާރުން އަލަށް ޢިމާރާތްކުރި ޞިއްޙީ މަރުކަޒުގައި ޞިއްޙީ ޚިދުމަތް ދޭން ފަށާފައިވަނީ 07 އޭޕްރީލް 2000 ގައެވެ. ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އަތޮޅު ހޮސްޕިޓަލެއް ޤާއިމު ކުރުމަށް ސަރުކާރުން ހަމަޖެއްސެވުމާއި ގުޅިގެން ނިލަންދޫގައިހުރި ޞިއްޙީމަރުކަޒު 16 ޑިސެމްބަރ 2006 ގައި އަތޮޅު ހޮސްޕިޓަލަކަށް ސަރުކާރުން ބަދަލުކުރެއްވިއެވެ. މިއީ ރާއްޖޭގައި އެންމެ ފަހުން ހުޅުވުނު އަތޮޅު ހޮސްޕިޓަލެވެ.
މިހާރު އަތޮޅު ހޮސްޕިޓަލުން ޒަމާނީ ވަސީލަތްތަކާއިއެކު ޞިއްޙީ ޚިދުމަތް ލިބެން ހުރެއެވެ. އަތޮޅު ހޮސްޕިޓަލުގައި ލެބޯރޓްރީގެ ޚިދުމަތާއި، ލޭއަޅާދިނުމާއި، އެކްސްރޭގެ ޚިދުމަތާއި، ސްކޭނިންގެ ޚިދުމަތް އަދި ކުދި ބައެއް އޮޕަރޭޝަންތައް ކުރެވެން މިހާރު ހުރެއެވެ.

ކަރަންޓް
ނިލަންދޫގެ ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް އެންމެ ފުރަތަމަ ދޭން ފަށާފައިވަނީ ވަރަށް އާދައިގެ ގޮތަކަށް ނިލަންދޫގެ އަމިއްލަ 02 ފަރާތަކުންނެވެ. އޭރު ކަރަންޓުގެ ޚިދުމަތް ލިބެމުން ދިޔައީ ހަވީރު 6:00 ން ރޭގަނޑު 11:00 އަށެވެ. ފަހުން ހަވީރު 6:00 ން ހެދުނު 6:00 އަށްވެސް ކަރަންޓުގެ ޚިދުމަތް ލިބެމުން ދިޔައެވެ. ރަށުގެ ޢާއްމު ޙާލަތު އެއްދުވަހުން އަނެއްދުވަހަށް ރަނގަޅުވެ ކަރަންޓު ބޭނުންކުރާ މީހުންގެ ޢަދަދާއި ތަކެތީގެ ޢަދަދު އިތުރުވުމުން ކަރަންޓް ދޫކުރަމުން ގެންދިޔަ 02 ފަރާތަށް އެކަށިގެންވާ ގޮތަކަށް ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްނުދެވޭތީ ނިލަންދޫ ރައްޔިތުންގެ ނަމުގައި ކަރަންޓުގެ ޚިދުމަތް ޤާއިމު ކުރުމުގެ މަސައްކަތް ފެށިއެވެ.
ނިލަންދޫ ރައްޔިތުންގެ ނަމުގައި ކަރަންޓުގެ ޚިދުމަތް ޤާއިމު ކުރުމަށްޓަކައި ރައްޔިތުން ރޮދަށް ގޮސްގެންނާއި، އުފަންބޮލުން މީސްމީހުންގެ އަތުން ފައިސާ ނަގައިގެންނާއި،އެނޫންވެސް ގޮތްގޮތުން ރައްޔިތުން މަސައްކަތްކޮށްގެން 23.5 ކިލޯވޯޓުގެ 02 ޖަނަރޭޓަރު ގެނެސް 13 ޖޫން 1995 ގައި ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ދޭން ފެށުނެވެ. ކަރަންޓުގެ ޚިދުމަތް ދޭންފެށީ ނިލަންދޫ ރައްޔިތުން ޢިމާރާތްކުރި ޖަނަރޭޓަރު ގެއިން ހަވީރު 6:00 ން ހެނދުނު 6:00 އަށެވެ. މި އިންޖީނުގެ ހުޅުވައިދެއްވީ 30 އޭޕްރީލް 1996 ގައި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމުހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލް ޤައްޔޫމެވެ.
ރައްޔިތުންނަށް ދެމުންދާ ކަރަންޓުގެ ޚިދުމަތް އިތުރަށް ފުޅާކުރުމުގެ ގޮތުން ރައްޔިތުންގެ ނަމުގައި ލޯނު ނަގައިގެން އިތުރު ޖަނަރޭޓަރު ސެޓްތައް ގެނެސް 22 ޖޫން 1999 ގައި ކަރަންޓުގެ ޚިދުމަތް 24 ގަޑިއިރަށް ދޭން ފެށުނެވެ. ކަރަންޓުގެ ޚިދުމަތް ތަރައްޤީ ކުރުމުގެ ގޮތުން އޭ.ޑީ.ބީ ލޯނު ޕްރޮޖެކްޓެގެ ދަށުން އާ އިންޖީނުގެއެއް ޢިމާރާތްކޮށް އެ އިންޖީނުގެއިން ކަރަންޓުގެ ޚިދުމަތް ދޭން ފަށާފައިވަނީ 16 މާރޗް 2007 ގައެވެ.

ނިލަންދޫއާއި ބެހޭ މަޢުލޫމާތު
އޮފީހުގެ މަޤާމުތަކާބެހޭ މަޢުލޫމާތު
ކަތީބު
01
ކުޑަކަތީބު
02
ރަށުއޮފީހުގެ އެހީތެރިޔާ
01
ސެކްރެޓަރީ
02
އެސިސްޓެންޓް ސެކްރެޓަރީ
01
ވޯކީޓޯކީ އޮޕަރޭޓަރ
01
ސަރުދާރު
01
މަސައްކަތު
02
ވޮޗަރު
02
ޖިއޮގްރަފީއާބެހޭ މަޢުލޫމާތު
ރަށާއި މާލެއާއި ހުރި ދުރުމިން ( މޭލުން )
75
ރަށުގެ ބޮޑުމިން ( އަކަފޫޓުން )
15,980,000
ރަށުގެ ދިގުމިން ( ފޫޓުން )
3,400
ރަށުގެ ފުޅާމިން ( ފޫޓުން )
4,700
ރަށާއި މާލެއާއި ހުރި ދުރުމިން ( ކިލޯމީޓަރުން )
140.79
ރަށުގެ ބޮޑުމިން ( ހެކްޓަރުން )
49
ރަށުގެ ދިގުމިން ( މީޓަރުން )
1175
ރަށުގެ ފުޅާމިން ( މީޓަރުން )
725
ލޮންޖިޓިއުޑު
72.53'.28"E
ލެޓިޓިއުޑު
03.03'.20"N
ރަށަށް ދީފައިވާ އިނގިރޭސި އަކުރު
L-6

އާބާދީއާބެހޭ މަޢުލޫމާތު
އާބާދީގެ މުޅި ޖުމުލަ
1685
އަންހެނުންގެ ޖުމުލަ
840
ފިރިހެނުންގެ ޖުމުލަ
845
18 އަހަރުންދަށް

އަންހެނުންގެ ޖުމުލަ
404
ފިރިހެނުންގެ ޖުމުލަ
373
18 އަހަރާއި 65 އަހަރާއި ދެމެދު

އަންހެނުންގެ ޖުމުލަ
416
ފިރިހެނުންގެ ޖުމުލަ
442
65 އަހަރުންމަތީގެ

އަންހެނުންގެ ޖުމުލަ
20
ފިރިހެނުންގެ ޖުމުލަ
30

ބިންބިމާބެހޭ މަޢުލޫމާތު
ދިރިއުޅޭ ގޭގޭގެ ޢަދަދު
206
އިންވަކިކުރި ގެއަޅައި ނުނިމޭގޯތި
20
އިންވަކިކުރި ހުސްކޮށްހުރިގޯތި
117
ދިރިނޫޅޭ ގޯތި ( ފަޅުގޯތި )
137
ހުސްބިމުން ނެގޭ ގޯތި
395

އިޤްތިޞާދާބެހޭ މަޢުލޫމާތު
ފިހާރަ
08
ސައިހޮޓާ
03
ވަޑާންގެ
05
ބޭސްފިހާރަ
01
ވާރކްޝޮޕް
02

ތަޢުލީމާބެހޭ މަޢުލޫމާތު
ކިޔަވާކުދިންގެ ޖުމުލަ
467
ތަމްރީނު ވެފައިވާ ޓީޗަރުންު
15
ތަމްރީނު ނުވާ ޓީޗަރުންު
05
ބިދޭސީ ޓީޗަރުންު
13
ޓިއުޝަން ކުލާސް
05
ލައިބުރަރީ
01
ޤުރުއާންކްލާސް
06
ޕްރީސްކޫލް
01
އެދުރުގެ
04

ޞިއްޙަތާބެހޭ މަޢުލޫމާތު
ޑޮކްޓަރުން
04
ނަރުހުން
19
ކޮމިއުނިޓީ ހެލްތް ސްޕަވައިޒަރ
01
ޖަމާޢަތުގެ ޞިއްޙީއެހީތެރިޔާ
01
ފެމިލީ ހެލްތް ވޯރކަރުން
02
ފޫޅުމައިން
01
ދިވެހި ބޭސްކުރާ މީހުން
01
ފާމަސިސްޓް
03

ކަރަންޓާބެހޭ މަޢުލޫމާތު
ޖަނަރޭޓަރުގެ ޢަދަދު
04
ކަރަންޓްދޭ ވަގުތު ( 24 ގަޑިއިރު )

ކަނޑު ދަތުރުފަތުރާބެހޭ މަޢުލޫމާތު
އިންޖީނުއެޅި މަސްދޯނި
09
ޔޮޓުދޯނި
01
ބޮއްކުރާ
08
ލޯންޗް
02
ނާލު އުޅަނުފަހަރު
01

އެއްގަމު އުޅަނދުފަހަރާބެހޭ މަޢުލޫމާތު
ބައިސްކަލް
125
ސައިކަލް
53
ކާރު
02
ވޭން
02
ޕިކަޕް
04

ބޯފެނާއި ނަރުދަމާއާބެހޭ މަޢުލޫމާތު
ޢާންމު ވާރޭފެންތާނގީ
65
އަމިއްލަ ވާރޭފެންތާނގީ
385
ފާޚާނާހުރި ގޭގެ ޢަދަދު
251

މުވާޞަލާތާބެހޭ މަޢުލޫމާތު
ޓީވީ
208
ވީސީއާރު/ ވީސީޕީ
272
ރޭޑިއޯ
239
ޓެލެފޯނު ބޫތު
02
ޓެލެފޯނު
12
ސެޓެލައިޓްޑިޝް
22
ފެކްސްމެޝިން
08
ކޮމްޕިއުޓަރ
51

މިސްކިތްތަކާބެހޭ މަޢުލޫމާތު
ފިރިހެނުންގެ މިސްކިތް